MAJLIS

އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންފި

SHARE

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ޖެނީވާ އަށް ފުރާވަޑައިގެންފި އެވެ.

އަބްދުއްރަހީމް ޖެނީވާ އަށް ވަޑައިގެންނެވީ އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށެވެ. ސްވިޒަލެންޑުގެ ޖެނީވާގައި އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިއަށްގެންދަނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމް އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

އައިޕީޔޫ އެސެމްބްލީގެ މި ފަހަރުގެ މައުލޫއަކީ ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ނިންމައިފަ އެވެ.