ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމާލައިފި

G0UUpvuWwAAUx-V

ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމާލައިފި

SHARE

ކ. ކުޅީގައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑު ދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަަސައްކަތް ނިންމާލައިފި އެވެ.

މި މަސައްކަތް ހަވާލުކުރެވުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މެއި މަހުގެ 4 ވަނަ ދުވަހު އެވެ. އެމްޓީސީސީން ވަނީ މަޝްރޫއު ފެށިތާ އެންމެ 20 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ 80% މަސައްކަތް ނިންމާލާފަ އެވެ.

މި މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން އިއްޔެ ބުނީ:

  • ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ 88% ވަނީ ނިމިފަ
  • ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 48% ނިމިފަ
  • މުޅި މަޝްރޫއުގެ 88% ނިމިފަ

މި މަޝްރޫއު ގެ ދަށުން ބިން ހިއްކުމަށްފަހު 10.15 ހެކްޓަރުގެ ބިމެއް ރަށަށް އިތުރުކުރެވިގެން ދާނެ އެވ.ެ
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއ،ި 362 މީޓަރުގެ ޖިއޯބޭގް
ރިވެޓްމަންޓަކާއ،ި 88 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ހިމެނޭއިރު މިއީ 89.63 މިލިއަން ރުފިޔާގެ
މަސައްކަތެކެވެ.