ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް ކުޑަކުރަން ފެނޭ: ރައީސް 

Capture

ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް ކުޑަކުރަން ފެނޭ: ރައީސް 

SHARE

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތައް މކުޑަކުރަން ފެންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ 'އެތެރެފުށަށް' އެނގިފައިވާގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ މަޖިލީސް މެބަރުކަން ކުރައްވާފައި ތިއްބެވި ކުރީގެ މެމްބަރުންނާއި ރައީސުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ރައްޔިތުން އެދޭ ގޮތެވެ.

ރައީސްގެ މި ޚިޔާލުފުޅަށް ގުރޫޕުގައި ތިއްބެވި ގިނަ މެމްބަރުން ތާއީދުކުރައްވަ އެވެ.

ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތައް ބޮޑުވުމުގެ ކަންބޮޑުވުން އާއްމު ފަރާތްތަކުން ދަނީ ފާޅުކުރަމުން ނެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން ޚަރަދު ކުޑަންޖެހިފައިވާއިރު ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މީހުންނަށް ބޮޑެތި އަދަދަދުން އިނާޔަތް ދިނުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އުމުރުން 55 އަހަރު ފުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ދައުރު ފުރިހަމަކުރި މެމްބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަކުރި މެމްބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ލިބޭ ގޮތަށް ބަލާއިރު އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 75،000 ރުފިޔާ ލިބޭއިރު ދިރިއުޅޭ ތަނަށް 50،000 ރުފިޔާގެ އިތުރުން އޮފީސް ހިންގުމަށް ވެސް ބޮޑު އަދަދެއް ދެ އެވެ.