ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, އޮޕަރޭޝަންތައް ހަރުދަނާކުރަނީ

G0OPqwhWUAA5qnE

ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, އޮޕަރޭޝަންތައް ހަރުދަނާކުރަނީ

SHARE

ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, އޮޕަރޭޝަންތައް ހަރުދަނާކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް( އެމްއޭސީއެލް) އިން ފަށައިފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މި މަސައްކަތުގެ ދަށުން، އެ ކުންފުނިން މިފަހުން ހަވާލުވި ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އިސް ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށެވެެ.

އެގޮތުން، އެ ކުންފުނީގެ އިސް ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައި މުވައްޒަފުންނާއި ބައްދަލުކޮށްފަ އެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމީ މިިޔަ މަހު އެވެ. އެއާއެކު، އާރުއޭސީއެލް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުވެފައެވެ. މިއީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އޭރުއޭސީއެލްގެ ދަށުން ހިންގަމުން އައި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ އިތުރަށް އެތަންތަނުގެ ހުރިހާ މުވައްޒަފުންވެސް ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ކުރިން މޯލްޑިވިއަނުން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް އޮޕަރޭޝަންތަކާވެސް އެ ކުންފުނިން ވަނީ ހަވާލުވެފަ އެވެ.