ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް އެމްއޭސީއެލް އިން ސޮއިކޮށްފި

-

ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް އެމްއޭސީއެލް އިން ސޮއިކޮށްފި

SHARE

ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް ހެދުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުالله ރާފިއުއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ ވެސް އަޅާފައިވާކަން ފާހަނގަ ކޮށްލަން ޖެހެއެވެ. މި ކޮމްޕްލެކްސް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަދި ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހުސެއިން އެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.