ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައުލަތުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
މި އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިނގަމުންދާނެ ތަންތަން ކަމުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.
މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ޤައުމީ އިދާރާތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން (އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް) އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.
މިއަދު އުފެއްދެވި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް ޤާއިމުކުރެވިފައިވާ އަތޮޅުތަކަކީ:
- ހއ. އަތޮޅު
- ހދ. އަތޮޅު
- ށ. އަތޮޅު
- ނ. އަތޮޅު
- ރ. އަތޮޅު
- ބ. އަތޮޅު
- ޅ. އަތޮޅު
- ކ. އަތޮޅު
- އއ. އަތޮޅު
- އދ. އަތޮޅު
- ވ. އަތޮޅު
- މ. އަތޮޅު
- ފ. އަތޮޅު
- ދ. އަތޮޅު
- ތ. އަތޮޅު
- ލ. އަތޮޅު
- ގއ. އަތޮޅު
- ގދ. އަތޮޅު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، މި މަރުކަޒުތަކަށް އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަންތަކުގެ އިތުރުން، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ސިޓީތަކުގައި ޖަހާނެ މުއައްސަސާ ނަންބަރުތައްވެސް ވަނީ އެކަށައަޅުއްވައި އާންމުކުރައްވާފައެވެ.