MTCC

ރައީސްގެ މާލީ ބަޔާން ހާމަނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: މުންދު

SAVE_20260507_134849-768x512

ރައީސްގެ މާލީ ބަޔާން ހާމަނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: މުންދު

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ހިއްސާކުރަން ރައީސް އޮފީހުން އިންކާރުކޮށްފައިވާ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފު (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ މާލީ ބަޔާން ނުވަތަ "އެސެޓް ޑެކްލެރޭޝަން" އަކީ ބައްލަވަން އެދިވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ފަސޭހަކަމާއެކު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ވެސް ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑް ކުރެވެން ހުރި މައުލޫމާތެއް ކަމަށެވެ. އަދި މި މައުލޫމާތު ވެބްސައިޓުގައި އާންމުކޮށް ޝާއިއުކޮށްފައިވާ ކަން މީގެ ކުރިން މީޑިއާތައް މެދުވެރިކޮށް ރަސްމީކޮށް އިއުލާނުކޮށްފައިވާނެ ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަމާޒުކޮށް "އަދަދު" ނޫހުން ސިލްސިލާކޮށް ބޮޑެތި ދޮގު ޚަބަރުތައް ފަތުރަމުންދަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެފަދަ ހަގީގަތެއް ނެތް މައުލޫމާތުތައް ފާހަގަކޮށް، ރައްޔިތުންނަށް ކަންކަމުގެ އަސްލު ސާފުކޮށްދިނުމުގައި ސަރުކާރުން އެއްވެސް މިންވަރަކަށް ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް މުންދު ވަނީ ދެއްވާފައެވެ.