ހދ. ނެއްލައިދޫ ޞިއްޙީ މަރުކަޒުގެ އަލަށްހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައ،ި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއ،ި އޮނަރަބަލް ހެލްތު މިނިސްޓަރ ޢަބްދުهللا ނާޡިމް އިބްރާހީމް އާއ،ި މެނޭޖިންގ ޑިރެކްޓަރ،ު ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސަޢުދީއާއ،ި ކައުންސިލް
ރައީސްއާއި މެންބަރުން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 1250 މީހުންގެ އާބާދީއެއް އޮންނަ ނެއްލައިދޫ ރައްޔިތުންނަށްޓަކައި މި ފެށިގެންދާ މަޝްރޫޢުގެ މަސައްކަތް ފުރިހަމަވުމާއެކު އެ ރަށުން ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވ،ެ މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ފައިދާތަކެއް ކުރާނެއެވެ.
އަދި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވ،ެ އެކަމާ ގުޅިގެން ކުރަން ޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.