MTCC

ހުޅުމާލޭގެ މަގުތަކަށް ދަތިވާގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރަނީ

attr3ixkulknyymt4cbbwfjmmy5cfqif4t9-k8nonl64bk-876x584

ހުޅުމާލޭގެ މަގުތަކަށް ދަތިވާގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރަނީ

SHARE

ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ޚާއްސަ މަސައްކަތެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގެ ދަށުން މައިގަނޑު ގޮތެއްގައި ޓޯކުރަމުންދަނީ ހިނގާ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުތަކުގެ މަތީގައްޔާއި، މަގުތަކުގެ ޓްރެފިކް ފްލޯއަށް ބުރޫއަރާ ގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުފަހަރެވެ.

މި ފިޔަވަޅު އަޅަން ފަށާފައިވަނީ މަގުތަކުގައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ޕާކުކުރުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް ފުރުސަތު ބޮޑުވާތީ ކަމަށް ފުލުހުން ބުނެއެވެ. އަދި މިއީ މަގުމަތީގެ އަމާންކަން ގާއިމުކޮށް، އާންމު ރައްޔިތުންނާއި ދަތުރުވެރިންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަމުންދާ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

އެހެންކަމުން، ދުވާރުތަކާއި ދަތުރުފަތުރަށް ހުރަސްއެޅޭ ފަދަ ތަންތަނުގައި އުޅަނދު ޕާކުނުކުރުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ހުރިހާ ފަރާތްތަކަކުން ވެސް ފުލުހުންގެ މި މަސައްކަތަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.