MTCC

ސީރިއަލް ޕެކެޓުތަކެއްގެތެރޭ ފޮރުވައިގެން ބޭރުކުރަން ބޭރުފައިސާ އަތުލައިގެންފި

ebdee61c5ad4b074cb8d935194eb930c-768x385

ސީރިއަލް ޕެކެޓުތަކެއްގެތެރޭ ފޮރުވައިގެން ބޭރުކުރަން ބޭރުފައިސާ އަތުލައިގެންފި

SHARE

ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު 3.86 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ ފުލުހުން އަތުލައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 6 ރައްޔިތެކެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގާ ޚާއްސަ މަސައްކަތުގެ ދަށުންނެވެ. އެގޮތުން، ޚާއްސަ ޓާސްކްފޯހަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން މި ހިނގާ މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި މީހުން ހިފަހައްޓާފައިވަނީ ރާއްޖެއިން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފައިސާގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. އޭގެ ތެރޭގައި:

174،161 އެމެރިކާ ޑޮލަރު
56،760 ޔޫރޯ
1،815 ސްޓާލިންގ ޕައުންޑް

މި ފައިސާތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 3،861،415.29 ދިވެހި ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.