MTCC

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

DSC_5458

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

SHARE

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސް އިން ނިންމައިފި އެވެ.

ޕީއެންސީން ބޭއްވި މި ހާއްސަ ބައްދަލުވުމުގައި މި ޤަރާރު ފާސްކޮށްފައިވަނީ ބައިވެރިވެވަޑައިގެންނެވި 1،119 މަންދޫބުންގެ އިއްތިފާޤުންނެވެ. މި ޤަރާރު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މަންދޫބުންގެ ފަރާތުން ޢަބްދުﷲ އިބްރާހީމެވެ. ޕާޓީގެ އަސާސީ ޤަވާއިދަށް އަލަށް ގެނައި އިސްލާޙުގެ ދަށުން، ވެރިކަމުގައި ހުންނަވާ ޕާޓީގެ ރައީސަކު ދެވަނަ ދައުރަކަށް ވާދަކުރައްވަން އެދިވަޑައިގެންފިނަމަ، އެއްވެސް ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ލިބިގެންދާނެއެވެ. އެހެންވެ ގަރާރުގައި ވަނީ  ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެންނެވުމަށެވެ. 

ގަރާރު ހުށަހަޅުއްވަމުން އަބްދުﷲ އިބްރާހިމް ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެން ރައްޔިތުންނާމެދު ބެހެއްޓެވި އޯގާތެރި ކަމާއި، ކުރެއްވީ އަދުލުވެރި ވެރިކަމެއް ކަމަށާއި ކުރައްވަމުން ގެންދަވާ މުހިންމު ހާއްސާސް އަދި ގައުމީ ބޮޑެތި މަސައްކަތްޕުޅުތަކަކީ ރައްޔިތުން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ހިދުމަތްތަކެއް ކަމަށެވެ.

މަންދޫބުންގެ ވާހަކައިގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ނާޒުކު ހާލަތުން އަރައިގަނެ، އިޤްތިސާދު ކޮޅަށް ޖެހުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އަސްކަރީ ވަސީލަތްތައް ޒަމާނީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް އޯގާތެރި، ޢަދުލުވެރި ވެރިކަމެއް ކޮށްދެއްވަމުން ގެންދަވާތީ، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި މަންދޫބުން ވަނީ ސިފަކުރައްވާފައެވެ.

އެހެންކަމުން، ޕާޓީގެ މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތާއި ތާއީދާއެކު ފާސްކުރި މި ޤަރާރުގެ ދަށުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް ދެންނެވުމަށް މިހާރު ވަނީ ނިންމާފައެވެ.