MTCC

ބިން ހަވާލުކުރީ 2003 ގައި ގަނެ ބިން ނުދީ އޮތް މީހަކަށް: މިނިސްޓްރީ

dsc-8469-2-1024x683

ބިން ހަވާލުކުރީ 2003 ގައި ގަނެ ބިން ނުދީ އޮތް މީހަކަށް: މިނިސްޓްރީ

SHARE

ހުޅުމާލެ ފޭސް 1 އިން އަގު ހެޔޮކޮށް ބިމެއް ވިއްކާފައި ނުވާނެ ކަމަށާއި، ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ 2003 ވަނަ އަހަރު ބިން ގަނެ ނާއިންސާފުން އެ ބިން ހަވާލުނުކޮށް އޮތް ފަރާތަކަށް ބިން ހަވާލުކޮށް ތައްޔާރުކުރި ލިޔެކިޔުންތައް ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.

މި މައްސަލަ ފެންމަތިވެގެން ދިޔައީ އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،250 އަކަފޫޓުގެ ބިމެއް 468،750 ރުފިޔާއަށް ދިނުމަށް ނިންމާފައިވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމީހާ އަކީ 2003 ވަނަ އަހަރު ހުޅުމާލެ ފޭސް 1 އިން ބިން ގަތް ފަރާތެއް ކަމަށެވެ. އޭރުގެ "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން އެމީހާ ގަތީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި އެތަނުގެ އޭރުގެ އަގަކީ 339،000 ރުފިޔާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ބިން ގަތުމަށް ފަހު އޭރު ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުގެ ދަށުން އުފައްދާފައިވާ ހުޅުމާލެ ޑިވެލޮޕްމަނތް ޔުނިޓުން އެމީހާއަށް ރަސްމީ ލިޔެކިޔުންތައް ދީފައިވާ ކަމަށާއި، އެ ލިޔެކިޔުން މިހާރު ވެސް އެބަހުރި ކަމަށް މިނިސްޓްރީން ބުނެ އެވެ. އެކަމަކު އޭގެ ފަހުން 23 އަހަރު ވެގެން ދިޔަ އިރު އެއްވެސް ސަރުކާރަކުން އެމީހާ އަށް ބިން ހަވާލުކޮށްފައެއް ނުވެ އެވެ. އަދި އެމީހާ ތަކުރާރުކޮށް މައްސަލަ ހުށަހަޅައި އިންސާފު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ މި ސަރުކާރުން މައްސަލަ ބެލުމަށް ފަހު ނިންމީ އޭނާގެ އަތުން އިތުރު އަގުތަކެއް ނުންގައި އޭރުގެ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު ހުޅުމާލެއިން ބިމެއް ދިނުމަށް ކަމަށެވެ. އަދި މިގޮތަށް ވިއްކަން ކަނޑައެޅި ބިމަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތަކަށް ދޫކޮށް، ފަހުން އެއްބަސްވުން ބާތިލުކުރުމުން ހުސްވި ބިމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެއިތުރުން، މި ބިން އެ ފަރާތަށް ދޭން ނިންމީ ކުރިން ގުޅީފަޅުން އޭނާއަށް ލިބިފައިވާ ބިން ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ހައުސިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ ގާނޫނީ ގޮތުންނާއި އުސޫލީ ގޮތުން އެންމެ ރަނގަޅު ނިންމުމެއްތޯ ކަށަވަރުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފަޔަކަށް އެދިފައިވާ ކަމަށެވެ. އަދި އެ ބިން އެ ފަރާތާ ރަސްމީކޮށް ހަވާލުކުރާނީ އޭސީސީގެ އިތުރުން ގާނޫނީ ލަފާތައް ލިބި، އެކަންކަން ސާފުވުމުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.