MTCC

ދައުވަތު ނުދޭ މީޑިއާއަކުން ހުރަސް އަޅާތީ 'ޕްރެސާ ވިތު ދަ ސްޕޮކްސް' ފަސްކޮށްފި

463307_e083fe54-0_

ދައުވަތު ނުދޭ މީޑިއާއަކުން ހުރަސް އަޅާތީ 'ޕްރެސާ ވިތު ދަ ސްޕޮކްސް' ފަސްކޮށްފި

SHARE

ދައުވަތު ނުދޭ މީޑިއާއަކުން ހުރަސް އަޅަމުންދާތީ، ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވާ "ޕްރެސާ ވިތު ސްޕޮކްސް" ފަސްކޮށްފި އެވެ.

ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާ އެކު ބާއްވަމުންދާ "ޕްރެސާ ވިތު ދަ ސްޕޮކްސް"ގެ ބައްދަލުވުމެއް މިއަދަށް އޮތީ ތާވަލުކޮށްފަ އެވެ. ރައީސް އޮފީހުގެ މީޑިއާ ގްރޫޕުގައި ހިމެނޭ މީޑިއާތަކަށް ދައުވަތުދީގެން ބާއްވަން އުޅުނު މި ބައްދަލުވުން ވަނީ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކުރުމަށް ނިންމާފަ އެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ މިއަދުގެ ބައްދަލުވުން ފަސްކުރަން ޖެހުނީ ދައުވަތު ނެތި 'އަދަދު ނޫހުން' އުސޫލާ ހިލާފަށް އެ ބައްދަލުވުން ބާއްވާ ސްޓޫޑިއޯއަށް ވަދެ، ނުކުތުމަށް އުޒުރުވެރިވުމުން ނެވެ.

އަދަދު ނޫހަކީ ޕްރެސް އަށް ދައުވަތު ފޮނުވާ ގްރޫޕުގައި ނުހިމެނޭ މީޑިއާއެއްކަން ސާފުކޮށްދެއްވަމުން ތަރުޖަމާން ވަނީ އެ ނޫސް އެ ގްރޫޕުން އުނިކުރީ ރައީސް އޮފީހުގައި މީގެކުރިން ބޭއްވި ބައްދަލުވުމެއްގައި ހިނގައިދިޔަ ގަވާއިދާ ހިލާފު ކަންތައްތަކާއި، އަދި އެ ނޫހުގެ ބައެއް ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ ކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަދަދު ނޫސް އެ ގްރޫޕުން އުނިކޮށްފައިވާކަން އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބާއްވާނަން. އިތުރު ދޮގު މައުލޫމާތެއް އައިސްދާނެތީ އެބޭފުޅުންނަށް ވުރެ ކުރިން ތިބޭފުޅުންނަށް ކަމުގެ ހަގީގަތް މި ދަންނަވާލީ" ތަރުޖަމާން ވިދާޅުވި އެވެ.