MTCC

ވިނަރެސް ފްލެޓް ކައިރީގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

big_ahGTgzwFIxsSbWyDvPbqHWQz7

ވިނަރެސް ފްލެޓް ކައިރީގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް

SHARE

ހުޅުމާލެ ފޭސް ދޭއްގައި މީގެކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކު ނިޔާވި ސަރަހައްދުގައި، މިއަދު ހެނދުނު އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސް މަގު، ވިނަރެސް 6 ވަނަ ޓަވަރު ކައިރީގައެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:03 ހާއިރުއެވެ.

ފުލުހުންގެ ތަހުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރިމަތިން ކުޑަކުއްޖަކު ކުއްލިއަކަށް މަގު ހުރަސްކުރުމާ ގުޅިގެންނެވެ. އެވަގުތު އެ ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްކުރުމަށްޓަކައި ސައިކަލު އަޅާލުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި، ސައިކަލު ވަނީ މަގުމައްޗަށް ވެއްޓިފައެވެ.

މި ހާދިސާގައި ކުޑަކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައި ނުވި ނަމަވެސް، ސައިކަލު ދުއްވަން އިން މީހާއަށާއި ފަހަތުގައި އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.