MTCC

ޑޮލަރު މާރުކޮށްގެން ޑޮލަރުން މުސާރަ ދިނުމަށް ދައްޗެއް ނުވާނެ: ރައީސް

471297_0e056697-d_

ޑޮލަރު މާރުކޮށްގެން ޑޮލަރުން މުސާރަ ދިނުމަށް ދައްޗެއް ނުވާނެ: ރައީސް

SHARE

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކާއެކު ވެސް، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކޮށްގެން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ތަސްދީގުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބިލްތައް ތަސްދީގުކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ގެނައި ބަދަލަކީ ކަމާބެހޭ މާހިރުންގެ ބައިވެރިވުމާއެކު ފުޅާ ދާއިރާއެއްގައި ކުރެވުނު އިލްމީ ދިރާސާތަކަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާއިރު، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ނިޒާމަށް ވަން ފައިސާގެ ތެރެއިން ބޭންކުތަކަށް އެންމެ 21 އިންސައްތަ މާރުކޮށްފައިވާއިރު، އާ ގަވާއިދު އައުމުގެ ކުރިން މާރުކުރަމުން ދިޔައީ އެންމެ 10 އިންސައްތައެވެ. އެހެންކަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިކޮނޮމިކް މިނިސްޓްރީން ހޯދާފައިވާ ހިސާބުތަކަށް ބަލާއިރު، ރިސޯޓުތަކުގެ ލޯނުތަކާއި އޮޕަރޭޝަނަލް ހަރަދުތައް ބަލަހައްޓައި، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށްފަހު ވެސް 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ދަތިކަމެއް ނެތި ކުރެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިސޯޓްތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނުހުންނާނެ. އެކަން ޔަގީންކަމާއެކު އެނގޭ. ރިސޯޓްތައް ހަދަން ނަގާފައިވާ ލޯންތައް ދެއްކުމަށް ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެން. އެއީ ޔަގީންކަމެއް." ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވަމުން ރައީސް ވިދާޅުވީ، މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ މެދުކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ހުރިހާ ރިސޯޓުތަކުން ވެސް ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ގައުމީ މަސްލަހަތު އިސްކޮށް، ގައުމީ ޒިންމާ އަދާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަންޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ. އަދި، އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ގޮތަކަށް ކަމެއް ކޮށްގެންވާނެ ކަމަކަށް ގަބޫލެއްނުކުރަން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މި އުސޫލުގެ ދަށުން ބޭންކުތަކަށް ޖަމާވާ ބޭރު ފައިސާ ބޭނުންކުރާނީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށާއި، ވިޔަފާރިތަކަށް ޓީޓީ ހެދުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބި، ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެ