ފާއިތުވި ހަފުތާގައި ތެރޭގައި 23،586 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކްލިއާކުރި ކޮންޓެއިނާތަކުގެ ތެރޭގައި ހިމެނެނީ 21،090 ކޮންޓެއިނާ އުޅަނދާއި 2،496 ޖެނެރަލް ކާގޯ އުޅަނދެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 656 ކޮންޓެއިނާ އުޅަނދާއި 362 ޖެނެރަލް ކާގޯ އުޅަނދު ހިމެނެއެވެ.
މިދިޔަ ހަފުތާގައި ކްލިއާކުރި ބައެއް މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއަރކުރީ ކުކުޅު ބިހެވެ. އެގޮތުން، 17،785 ޕެކޭޖުގެ ބިސް ވަނީ ކްލިއަރކޮށްފައެވެ. ދެން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ފިޔާއެވެ. އެއީ، 11،235 ޕެކޭޖު ފިޔާއެވެ. އެމްޕީއެލް އިން ވަނީ 9،542 ޕެކޭޖުގެ ކަރާ ވެސް ކްލިއަރކޮށްފައެވެ. މިނޫންވެސް، ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތައް އެމްޕީއެލް އިން ވަނީ ކްލިއަރކޮށްފައިވެއެވެ.

ފާއިތުވު ހަފުތާގައި، 4 ކޮންޓެއިނަރު އުޅަނދު ރާއްޖެ އައިސްފައިވާއިރު، 2 އުޅަނދު ވަނީ ފުރައިގެން ގޮސްފައެވެ. އަދި 5 ޖެނެރަލް ކާގޯ އުޅަނދުގެ މުދާ އެމްޕީއެލް އިން ކްލިއާކުރިއިރު، 5 އުޅަނދު ފުރައިގެން ދިޔައެވެ.