MTCC

ގޭސް ލީކުވެގެން މާލެއިން މީހަކު މަރުވެއްޖެ

Screenshot 2026-08-27 145616

ގޭސް ލީކުވެގެން މާލެއިން މީހަކު މަރުވެއްޖެ

SHARE

މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެ، ޒުވާން އަންހެނަކަށް ސީރިއަސް ހާލަތެއްގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގެ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގެ ފުރަތަމަ ފަންގިފިލާގައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. ހާދިސާ ހިނގި ސަރަޙައްދުން ހާލު ދެރަވެގެން ދެ އަންހެނަކު ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އޭގެ ތެރެއިން އެކަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 6210، އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީޤެވެ.

މީގެ އިތުރުން، މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ހާލު ދެރަވި އުމުރުން 19 އަހަރުގެ އަންހެން މީހާއަށް ފުރަތަމަ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން ވިދާޅުވީ އެ އަންހެން މީހާއަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ ހައިޕަބެރިކް ޗެމްބަރުގައި ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.