MTCC

ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތު ދޭން އެމްއޭސީއެލް އާއި ވީއައިއެޗްއެސްއިން ސޮއިކޮށްފި

780486624_1051155357904982_2507085455449243994_n

ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތު ދޭން އެމްއޭސީއެލް އާއި ވީއައިއެޗްއެސްއިން ސޮއިކޮށްފި

SHARE

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީ.އައި.އެޗް.އެސް) ގުޅިގެން، ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުޞްޠަފާއެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްގެ އިތުރުން އެ ކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ އިލްމީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމާއި، ކުރިމަގުގައި ވަޒީފާގެ މާޙައުލަށް ނުކުންނައިރު އެކަމަށް ދަރިވަރުން ފުރިހަމައަށް އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިންމު އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެއަރޕޯޓް އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީގެ ދާއިރާތައް ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދެވޭ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި އަދި އެއާ ގުޅުންހުރި އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކަކާއި ފައިދާތަކެއް ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންޓާންޝިޕް ޕްރޮގްރާމުގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމުގައިވާ މުޢާމަލާތުކުރުމާއި، ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދޭނެއެވެ. މީގެއިތުރުން، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް ދަރިވަރުންގެ ލޯހުޅުވި، އެ ދަރިވަރުންގެ ކެރިއަރު ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތާއި މެންޓަރޝިޕް ފޯރުކޮށްދިނުމަށް މި ފަހުމުނާމާގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައި އިތުރަށް މަގުފަހިވެގެންދާނެއެވެ.