MTCC

ލަމްބޯގިނި އެކްސިޑެންޓު: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

d67083fc-65f6-4a02-9892-fb8605e11112

ލަމްބޯގިނި އެކްސިޑެންޓު: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

SHARE

ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލް ހަރުކޮށްފައި ހުރި ދަނޑިތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިއްޔެ ހެނދުނު 8:42 ހާއިރު ހިނގި މި ހާދިސާގައި އެކްސިޑެންޓްވެފައިވަނީ ބ. ކަމަދޫ، މިޔްނިކް، އުމުރުން 40 އަހަރުގެ ޙަސަން ރިފާއު ދުއްވި ކާރެއް ކަމަށެވެ. ބާރު ސްޕީޑުގައި ދަތުރުކުރި މި ކާރު ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ޖެހި ފުރޮޅާލުމުގެ ސަބަބުން، ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ޑްރައިވަރުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖަކު ވެސް އިނެވެ. މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށްފަހު، ހަލާކުވި ކާރުގެ ބައިތައް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. އަދި ކާރު ދުއްވި ޙަސަން ރިފާއުގެ ޑްރައިވިންގ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާއިރު، މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.