MTCC

ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިއަން ރުފިޔާގެ އާމްދަނީއެއް

images

ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިއަން ރުފިޔާގެ އާމްދަނީއެއް

SHARE

ނިމިދިޔަ ޖޫން މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ކަސްޓަމްސްގެ ހިސާބުތަކުން އެނގޭ ގޮތުގައި، ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މެއި މަހު ލިބުނު 322 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން މެއި މަހު 5.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 6.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތަފްސީލަށް ބަލާއިރު:

  • އޮމާން: 1,601 މިލިއަން ރުފިޔާ
  • އިންޑިއާ: 1,502 މިލިއަން ރުފިޔާ
  • ޗައިނާ: 922 މިލިއަން ރުފިޔާ
  • ސިންގަޕޫރު: 446 މިލިއަން ރުފިޔާ
  • މެލޭޝިއާ: 440 މިލިއަން ރުފިޔާ

ޖޫން މަހު ރާއްޖެއިން ބޭރަށް 153 މިލިއަން ރުފިޔާގެ މުދާ ވަނީ ފޮނުވާފައެވެ. ރާއްޖޭގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑަށެވެ. އެ ގައުމަށް 95 މިލިއަން ރުފިޔާގެ މުދާ ފޮނުވާފައިވާއިރު، އިނގިރޭސިވިލާތަށް 23 މިލިއަން ރުފިޔާ، އިންޑިއާއަށް 6 މިލިއަން ރުފިޔާ، އަދި ފަރަންސޭސިވިލާތާއި މޮރީޝިއަސްއަށް (ކޮންމެ ގައުމަކަށް) 5 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކަށެވެ. އެގޮތުން 1.8 ބިލިއަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން ކާބޯތަކެއްޗަށް 1.7 މިލިއަން ރުފިޔާ އަދި މެޝިނަރީ ފަދަ ތަކެއްޗަށް 972 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހު މުދަލާއެކު ރާއްޖެއަށް 90 އުޅަނދު އެތެރެވެފައިވާއިރު، ރާއްޖެއިން 104 އުޅަނދު ވަނީ ފުރައިގެން ގޮސްފައެވެ.