MTCC

އެމްޓީޑީސީގެ އެމްޑީއަކަށް ހާރިސް މުހައްމަދު އައްޔަންކޮށްފި

Screenshot 2026-07-29 152145

އެމްޓީޑީސީގެ އެމްޑީއަކަށް ހާރިސް މުހައްމަދު އައްޔަންކޮށްފި

SHARE

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހާރިސް މުހައްމަދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހާރިސް މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ 28 ޖުލައި 2024 ގައެވެ. ސަރުކާރުން އެމް.ޓީ.ޑީ.ސީގެ ހިންގުން ޙާރިޘާ ހަވާލުކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެ ކުންފުނީގެ މަގްސަދުތައް ހާސިލްކޮށް ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމުގެ އުންމީދުގައެވެ.

ހާރިސް މުހައްމަދަކީ ތަޢުލީމީ ގޮތުން މަތީ ފަންތީގެ ގިނަ ސަނަދުތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފިލިޕީންސްގެ އޮލްޑަރސްގޭޓް ޔުނިވަރސިޓީއިން 'ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން' ފުރިހަމަކުރައްވާފައިވާއިރު، އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން 'މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން' ވަނީ ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ (ސީއެމްއައި) އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ސީއެމްއައި) ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ހިއުމަން ރިޒޯސް މެނޭޖުމަންޓުގެ ދާއިރާއިންވެސް އޭނާ ވަނީ ފަންނީ ތަމްރީނާއި ސަނަދުތައް ހޯއްދަވާފައެވެ.

30 އަހަރަށްވުރެ ދިގު ޚިދުމަތުގެ ތަޖުރިބާ

ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ހާރިސަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ކޮންސަލްޓަންޓެކެވެ. އޭނާ ކުރިން އަދާކުރައްވާފައިވާ ބައެއް އިސް މަޤާމުތަކުގެ ތެރޭގައި ހިމެނެނީ:

  • މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަން.
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޖެނެރަލް މެނޭޖަރުކަން.
  • ކިހާ މޯލްޑިވްސް ރިސޯޓްގެ ޑައިރެކްޓަރ އޮފް މާކެޓިންގކަން.
  • ކްލިކް ޓްރެވަލްސްގެ ޖެނެރަލް މެނޭޖަރުކަން.

ދައުލަތުގެ ކުންފުނިތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތައް ހިންގުމާއި މާކެޓް ކުރުމުގައިވެސް ޙާރިޘް ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.