MTCC

ބޮޑުތަކުރުފާނު މަގު ހުޅުވުމާއެކު އާރުޓީއެލް ބަހުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެ

images

ބޮޑުތަކުރުފާނު މަގު ހުޅުވުމާއެކު އާރުޓީއެލް ބަހުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެ

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް މަރާމާތްކުރުމުގެ މަސައްކަތް ނިމި، އެ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލުމާ ގުޅިގެން، އާރުޓީއެލް މާލޭ ބަހުގެ ހިދުމަތް މީގެކުރިން ލިބެމުން އައި ގޮތަށް ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި، މަގު ބަންދުވުމާ ގުޅިގެން މީގެ ކުރިން ބަދަލު ގެނެސްފައިވާ އާރު10 (އޯކިޑް ރޫޓް) އަދި އާރު12 (ސޯސަން ރޫޓް) ގެ ދަތުރުތައް މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެއެވެ. އެގޮތުން މި ދެ ރޫޓުގެ ބަސްތައް ދަތުރުކުރަމުންދާނީ ކުރީގެ ތާވަލާ އެއްގޮތަށް ބޮޑުތަކުރުފާނުމަގުންނެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު މަރާމާތުކުރުމަށް ބަންދުކުރުމާ ގުޅިގެން، ފާއިތުވި ދުވަސްތަކުގައި މި ދެ ރޫޓުގެ ބަސްތައް ދަތުރުކުރަމުންދިޔައީ މަގު ބަންދުވުމުގެ ސަބަބުން ކަނޑައެޅިފައިވާ ވަގުތީ މަގުތަކުންނެވެ. ނަމަވެސް މަގުގެ މަސައްކަތް ނިމި، ދަތުރުފަތުރަށް މަގު ހުޅުވާލުމާއެކު މިހާރު ވަނީ އާންމު އުސޫލުން ބަހުގެ ހިދުމަތް ދޭން ފަށާފައެވެ.

މި ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެއްވެސް ޝަކުވާއެއް އޮތްނަމަ އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.