މަތިވެރީގެ އެއާޕޯޓް ތަރައްޤީ ކުރަން އެމްއޭސީއެލް އަށް

-

މަތިވެރީގެ އެއާޕޯޓް ތަރައްޤީ ކުރަން އެމްއޭސީއެލް އަށް

SHARE

އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމުގެ މަޝްރޫއު މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މަތިވެރި އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ  ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިންއެވެ.
މި މަޝްރޫއެގެ ދަށުން 26.5 ހެކްޓުގެ ބިން ހިއްކުމާއި، 1500 މީޓުރު ދިގު 30 މީޓުރު ފުޅާ ރަންވޭ، ޓެކްސީވޭ، އޭޕްރަން، ފަސެންޖަރ ޓާމިނަލް، ފަޔަރ ސްޓޭޝަން އަދި މަގުތައް ތަރައްޤީކުރުން ހިމެނޭ ކަމަށް މި ޕްރޮޖެކްޓްގެ ތަފްސީލު މަތިވެރީގެ ރައްޔިތުންނާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ, މަތިވެރީގައި އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނުގެ ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ, މަތިވެރީގައި އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނުގެ ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.