MTCC

ޖޫން މަހު ރޯގާ ޖެހިގެން 34،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި

Screen-Shot-2017-09-11-at-9.27.34-AM

ޖޫން މަހު ރޯގާ ޖެހިގެން 34،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި

SHARE

މިދިޔަ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން 34،877 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރޯގާގެ ވޭދަނަތައް ވަނީ ދަށްވެފައެވެ. މެއި މަހު ރޯގާ ޖެހިގެން 40،457 މީހަކު ރިޕޯޓްކޮށްފައިވާ އިރު، ޖޫން މަހު މި އަދަދު ވަނީ 34،877 އަށް ތިރިވެފައެވެ.

މީގެ އިތުރުން، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދުވެސް މިދިޔަ މަހު ވަނީ މަދުވެފައެވެ. އެގޮތުން މެއި މަހު 794 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު، ޖޫން މަހު އެ ބަލި ޖެހިފައިވަނީ 652 މީހުންނަށެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މެއި މަހު 681 މީހަކު އިންފްލުއެންޒާއަށް ފައްސިވެފައިވާ އިރު، ޖޫން މަހު ފައްސިވެފައިވަނީ 142 މީހުންނެވެ.

މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓުކުރި މީހުންގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 2,694 މީހަކު ޓެސްޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 999 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިދިޔަ މެއި މަހާއި އަޅާބަލާއިރު ޖޫން މަހުގެ ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ މަހު 4،442 މީހަކު ބޭރަށް ހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި މެއި މަހު ވަނީ 4،726 މީހަކު ޑޮކްޓަރަށް ދައްކާފައެވެ.

ރާއްޖޭގައި މި ދުވަސްވަރު ރޯގާ އާއި ޑެންގީ ފަދަ ބަލިތައް ފެތުރޭ މިންވަރު ދަށްވަމުން އައި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަބަދުވެސް އިރުޝާދު ދެއްވައެވެ.