MTCC

މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ

main_20260719_124520

މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ

SHARE

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަމީޒާ މި މަޤާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފާޠިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި މެދުނުކެނޑި އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ ހުންނެވީ އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ.

އަމީޒާ ވަނީ މީރާގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ވަކިން ހާއްސަކޮށް މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައި، ޑޭޓާ އެނަލިޓިކްސް ބޭނުންކުރައްވައިގެން ނުލިބި ހުރި ޓެކްސް އާއި އެހެނިހެން އާމްދަނީ ހޯދުމުގެ ނިޒާމު އެންމެ މަތީ ދަރަޖައަކަށް ހަރުދަނާކުރެއްވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، އަމީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.