MTCC

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" އިފުތިތާހުކޮށްފި

IMG_20260718_WA_0025_9ade1e475c

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" އިފުތިތާހުކޮށްފި

SHARE

މާލެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން އެކުލަވައިލި "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" އިފްތިތާޙްކޮށްފިއެވެ.

މި ފޮތް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.

އިސްކަންދަރު ކޮށި 1 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފުތިތާހުކޮށްދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިސް ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މިއަދު އަމަލުކުރަން ފެށި މި ޕްލޭނަކީ މާލެއާއި، ސިނަމާލެ ބްރިޖް އަދި ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން އަމަލުކުރާނެ އާ އުސޫލުތަކާއި މަސައްކަތް ކުރާނެ ގޮތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ޕްލޭނެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އަދި ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ފުލުހުން ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު ވަނީ އިތުރުކުރެވިފައެވެ. މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ފޯރިމަރާ މިންވަރު އިތުރުކޮށް، އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ހުރިހާ ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ބުނީ، ކޮމިޝަނަރުގެ އިލްތިމާސާ އެއްގޮތަށް މިހާރު ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުތައް އިތުރުކޮށް، މާލޭގެ އެކި ސަރަހައްދުތަކުން ރައްޔިތުންނަށް ފުލުހުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް އިތުރު މުވައްޒަފުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަންވެސް އެ ފަންކްޝަނުން ވަނީ ދީފައެވެ.