އެމަޖެންސީ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ވީއައިއޭ އިން ހަރަކާތްތަކެއް ބާއްވަނީ

-

އެމަޖެންސީ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ވީއައިއޭ އިން ހަރަކާތްތަކެއް ބާއްވަނީ

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

މި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. 8 ސެޕްޓެމްބަރު 2025 ގައި ބާއްވަން ޕްލޭން ކުރެވިފައިވާ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެއް ކަމުގައި ވާނެއެވެ. މި ހަރަކާތުގެ މަގްސަދަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

ރާއްޖޭގައި އެފެކްސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.