MTCC

މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް

741453806-36984271947886499-9104680120193795282-n-768x512

މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް

SHARE

އައްޑޫ ސިޓީ އާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ އަޅުކަމަށް ދިއުމުގައި ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އައްޑޫ ސިޓީން ސައުދީ އަރަބިއްޔާއަށް ކުރާ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

މި ތާރީހީ ދަތުރު ފަށާފައިވަނީ މިއަދު ފަތިހު 4:24 ގައެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާއަށް ކުރި މި ދަތުރުގައި މޯލްޑިވިއަންއިން ބޭނުންކޮށްފައިވަނީ އޭ330 މަރުކާގެ ފުޅާ ބޯޓެކެވެ.

މޯލްޑިވިއަންއިން މައުލޫމާތު ދެއްވި ގޮތުގައި، "ދަ ޓްރެވެލާ" އެޖެންސީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ފްލައިޓުން ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 އުމްރާވެރިން ވަނީ ދަތުރުކޮށްފައެވެ. މި ދަތުރުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އުމްރާއަށް ދިއުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ އިތުރު ވަގުތުތައް ސަލާމަތްވެ، ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މި ދަތުރު ފެށުމުގެ ރަސްމިއްޔާތުގައި އުމްރާވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް އަރުވާފައެވެ.

ގައުމީ އެއާލައިނުން އެންމެ ފުރަތަމަ އުމްރާ ދަތުރުތައް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ފަހަރު ކުރި ދަތުރުތަކުގައިވެސް 750 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، ސަރުކާރުން ހައްޖާއި އުމްރާގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން، މޯލްޑިވިއަންއިން އަންނަނީ ހައްޖާޖީން އުފުލުމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މޯލްޑިވިއަންގެ އަމާޒަކީ އެއާބަސް ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް އިތުރަށް ފުޅާކުރުމެވެ.