MTCC

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރާ ބިލް ތަސްދީގުކުރައްވައިފި

large_thumb_1782989934194

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރާ ބިލް ތަސްދީގުކުރައްވައިފި

SHARE

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މި ގެނައި އިސްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ނުވަވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

މި އިސްލާޙުގެ ދަށުން، ސިނގިރޭޓް، ބިޑި އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް (ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް) އިން ނަގާ ޑިއުޓީ ވަނީ 4 (ހަތަރެއް) ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި މި ބާވަތްތަކުން އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާނީ 30 އިންސައްތަކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ސިނގިރޭޓުން ނަގާ ޑިއުޓީ އަލުން މުރާޖަޢާކޮށް ކުޑަކުރަން ނިންމީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗުއޯ) ގެ ލަފާގެ މަތިންނެވެ. މި ބަދަލާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ނިންމާފައެވެ.

ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭނެއް މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ވަނީ ރަސްމީކޮށް ފަށާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާޙުކޮށް ޢާންމުކުރަން ޖެހޭނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.