MTCC

ވިޔަފާރި އާއި އިގްތިސޯދު ކުރިއެރުވުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާކޮށްފި

462954_23ffe383-2_

ވިޔަފާރި އާއި އިގްތިސޯދު ކުރިއެރުވުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާކޮށްފި

SHARE

ވިޔަފާރި އާއި އިގްތިސޯދު ކުރިއެރުވުމާ ގުޅޭގޮތުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްއާއެކު މަޝްވަރާކޮށްފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައި، އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޕޯލް ކަޕޫރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި، އިޤްތިޞާދީ ތަރައްޤީއާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ދެޤައުމުންވެސް ޝައުޤުވެރިވާ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެމެރިކާ ސަރުކާރުން ބޭނުންވާކަން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުން" ޚާރިޖީ ސިޔާސަތުގެ ދަށުން، ރާއްޖެއަށް ފައިދާހުރި އަދި އިޤްތިޞާދު ސިންދަފާތު ކުރުމަށް މަގުފަހިވާނެ ތަރައްޤީގެ މަޝްރޫޢުތަކަށް އަބަދުވެސް ރާއްޖެއިން މަރުޙަބާ ކިޔާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ބައްދަލުވުން ނިންމަވާލެއްވީ، ދެޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތް ކުރުމުގެ ބަދަހި ރޫޙެއްގައި ދެޤައުމު ދެމިއޮންނާނެކަން ހާމަކުރައްވަމުންނެވެ.