MTCC

ވަގަށް އެތެރެކުރި 6،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

Screenshot 2026-06-22 124830

ވަގަށް އެތެރެކުރި 6،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

SHARE

ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއްގައި މަނާ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 6،328 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، 15 ނޮވެމްބަރު 2024 އިން ފެށިގެން މިފަދަ ތަކެތި އެތެރެކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ނަމަވެސް މި ތާރީޚުގެ ފަހުން ވެސް ގިނަ އަދަދަކަށް ވޭޕް އެތެރެކުރަން އުޅޭކަން ފާހަގަކުރެވެއެވެ.

މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު ވެސް ކަސްޓަމްސުން ވަނީ ރާއްޖެއަށް އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖްގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފައެވެ. މިއީ މިހާތަނަށް މަނާކުރި ފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ ތެރޭގައި އެކަނިވެސް އެކި އޮޕަރޭޝަންތަކުން ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.

އިއްޔެ އަތުލައިގަނެވުނު ވޭޕް ކާޓްރިޖްތަކުގެ މައްސަލަ ކަސްޓަމްސުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި މުޖުތަމައު، ޚާއްސަކޮށް ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކަލުން ސަލާމަތްކުރުމެވެ.