MTCC

"ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުމަކީ އެންމެ މުހިންމު ސިޔާސަތު"

ފޮޓޯ: ރައީސް

"ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުމަކީ އެންމެ މުހިންމު ސިޔާސަތު"

SHARE

އިސްލާމީ ސައްހަ ޢަޤީދާގެ ބިންގަލުގެ މަތީގައި، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ރައީސް ވިދާޅުވީ، ދިވެހިވަންތަ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ، ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަޙްދަތަކީ ޤައުމުގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.

ރައީސްގެ ޚިތާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ އަޞްޙާބުން ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން ޢިބުރަތް ލިބިގަތުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ނޭދެވޭ ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް ހިޖުރަކުރުމަށާއި، ފަލަސްޠީނުގެ އަނިޔާލިބެމުންދާ މުސްލިމް އަޚުންނަށް ހެޔޮދުޢާ ކުރުމުގައި ދެމިތިބުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ ޢަޤީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚުލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، މި ފެށުނު އާ އަހަރަކީ އިޤްތިސާދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ބަލައި، އެންމެހާ ރައްޔިތުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމުންނެވެ.