MTCC

މިދިޔަ ހަފުތާ 37،000 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ އެމްޕީއެލް އިން ކްލިއާކޮށްފި

mpl-news-website-feature-image-size-3-800x468

މިދިޔަ ހަފުތާ 37،000 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ އެމްޕީއެލް އިން ކްލިއާކޮށްފި

SHARE

ފާއިތުވި ހަފުތާގައި ތެރޭގައި 37،779 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކްލިއާކުރި ކޮންޓެއިނާތަކުގެ ތެރޭގައި ހިމެނެނީ 35،456 ކޮންޓެއިނާ އުޅަނދާއި 2،323 ޖެނެރަލް ކާގޯ އުޅަނދެވެ.  އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 1،101 ކޮންޓެއިނާ އުޅަނދާއި 291 ޖެނެރަލް ކާގޯ އުޅަނދު ހިމެނެއެވެ.

މިދިޔަ ހަފުތާގައި ކްލިއާކުރި ބައެއް މުދާތަކަށް ބަލާއިރު،  އެންމެ ގިނައިން ކްލިއަރކުރީ ކުކުޅު ބިހެވެ. އެގޮތުން، 15،235 ޕެކޭޖުގެ ބިސް ވަނީ ކްލިއަރކޮށްފައެވެ. ދެން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ފިޔާއެވެ. އެއީ، 11،058 ޕެކޭޖު ފިޔާއެވެ. އެމްޕީއެލް އިން ވަނީ 5،719 ޕެކޭޖުގެ ކަރާ ވެސް ކްލިއަރކޮށްފައެވެ. މިނޫންވެސް، ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތައް އެމްޕީއެލް އިން ވަނީ  ކްލިއަރކޮށްފައިވެއެވެ.

ފާއިތުވު ހަފުތާގައި، 3 ކޮންޓެއިނަރު އުޅަނދު ރާއްޖެ އައިސްފައިވާއިރު، 4 އުޅަނދު ވަނީ ފުރައިގެން ގޮސްފައެވެ. އަދި 3 ޖެނެރަލް ކާގޯ އުޅަނދުގެ މުދާ އެމްޕީއެލް އިން ކްލިއާކުރިއިރު، 3 އުޅަނދު ފުރައިގެން ދިޔައެވެ.