MTCC

ދަރަނބޫދޫގެ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

462010_c9459c6e-e_

ދަރަނބޫދޫގެ ފުޓްސަލް ދަނޑު މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

SHARE

ފ. ދަރަނބޫދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފި އެވެ.

މި ދަނޑު ހުޅުއްވައިދެއްވީ، އެކަމަނާ އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ހެލްތް މިނިސްޓަރު ގީލާ އަލީއާއި، ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މުނާސަބަތުގައި ބޭއްވި ފުޓްސަލް މެޗުގައި ވާދަކުރި ދެ ޓީމަށް ހަނދާނީ ފިލާއެއްވެސް ވަނީ ބަދަލުކޮށްދެއްވާފަ އެވެ. އެކަމަނާ ވަނީ ފ. ނިލަންދޫ އާއި ދަރަނބޫދޫގެ އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ މެޗު ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރުވެސް ދެއްވާފަ އެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިލަންދޫ ޓީމެވެ.