MTCC

މިފްކޯއިން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

Fish Market
Fish Market

މިފްކޯއިން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

SHARE

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިއީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދީ، ދަތިތައް ހައްލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނާގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދާ އެއްގޮތަށް، 16 ރުފިޔާއަށްވުރެ ދަށްނުވާނެހެން މަސް ގަތުމުގެ ސިޔާސަތު ދަމަހައްޓަމުންދާ ކަމަށެވެ. އަދި މިއީ މަސް ގަންނަ އަގު ބޮޑުކުރި ފުރަތަމަ ފަހަރު ނޫނެވެ. މީގެ ކުރިންވެސް ބާޒާރުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން 17 ރުފިޔާއަށް ވެސް މަސް ގަނެފައިވެއެވެ.

މިފްކޯއިން ބުނި ގޮތުގައި، މިހާރު ކަނޑައެޅި 18.50 ރުފިޔާގެ އަގަކީ އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގުތަކާ އެއްވަރުގެ އަގެކެވެ. މި ބަދަލުގެ ސަބަބުން މަސްވެރިންނަށް ސީދާ ގޮތުން މާލީ ފައިދާ ކުރާނެ ކަމަށާއި، ޚާއްޞަކޮށް މަސްވެރިކަން މަދު މި ދުވަސްވަރު މިއީ މަސްވެރި އާއިލާތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

މިފްކޯގެ މި ނިންމުމަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ދަށުން މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.