ހުރިހާ ރީޖަނަލް އެއާޕޯޓްސްގެެ އޮޕަރޭޝަނެއް އެމްއޭސީއެެލް އަށް

-

ހުރިހާ ރީޖަނަލް އެއާޕޯޓްސްގެެ އޮޕަރޭޝަނެއް އެމްއޭސީއެެލް އަށް

SHARE

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއް ހިންގުމުގެ ހުރިހާ ކަމަކާ އެމްއޭސީއެލްއިން ހަވާލުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ. ޝަރީފު ވިދާޅުވީ ޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލް އިން ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރީޖަނަކް އެއާޕޯޓްސް އިން ހިންގި އެއާޕޯޓްތަކާ އެމްއޭސީއެލް އިން ހަވާލުވި އިރު އެ އެއާޕޯޓްތަކުގެ ހާލަތު އޮތީ ވަަރަށް ދަށްކޮށެވެ. އެގޮތުން ބައެއް ތަންތަނުގެ ފަޔާ ފައިޓިން އިކްއިޕްމެންޓް ހުރީ އެ ހުރި ހާލަތުގައި ބަހައްޓައިގެން އެއާޕޯޓް ނުހިންގޭ ހިސާބުގައި ކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި އެކަންތައްތައް ހައްލުކުރުމަށް އެއާޕޯޓްތަަކަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމުގެ މަސައްކަތް އެމްއޭސީއެލް މިހާރު ފަށާފައިވާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެ ކުރިން ހުރިހާ އެއާޕޯޓެއްގެ ގްރައުންޑް އޮޕަރޭޝަންތައް ބަލަހައްޓަމުން އައީ އައިލެންޑް އޭވިއޭޝަނުންނެވެ. "ނަމަވެސް މި ނުވަ އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަނާ ވެސް މި ހަވާލުވީ އަޅުގަނޑުމެން އެމްއޭސީއެލް އިން. ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންގެ ކަންކަން ވެސް މިހާރު ވާނީ އެމްއޭސީއެލް އަށް ބަދަލުކޮށްފައި،" ޝަރީފު ވިދާޅުވިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް އެއްކޮށްލަން ވެސް އޭރު ނިންމާފައި ވާކަން ފާހަނގަ ކޮށްލަން ޖެހެއެވެ.