MTCC

ދެ ނޫސްވެރިން އެކަހެރިކުރީ ގޮޅިން ފޯނެއް ފެނުމުން: ވަޒީރު އިޙްސާން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން (ފޮޓޯ/ ސަން)

ދެ ނޫސްވެރިން އެކަހެރިކުރީ ގޮޅިން ފޯނެއް ފެނުމުން: ވަޒީރު އިޙްސާން

SHARE

"އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނާޞިރާއި، މުޙައްމަދު ޝަހުޒާން ޖަލުގައި ތިބި ގޮޅި ބަދަލުކުރަން ޖެހުނީ އެ މީހުން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލައިގައި ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރަކާ ޚިލާފުވި ކަމަށް ކަނޑައަޅައި، މި މަހުގެ 12 ވަނަ ދުވަހު ލީވާން 10 ދުވަހަށް އަދި ޝަހުޒާން ޖަލަށްލުމަށް ހުކުމްކުރެވުނެވެ. މި ދެ ނޫސްވެރިންގެ ޖަލު ހުކުމް މިހާރު ތަންފީޒުކޮށް ނިމި މިނިވަންވެފައިވާއިރު، ޝަހުޒާން އިއްޔެ ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ ޝަހުޒާން ހަދަނީ ކަނޑައެޅިގެން 100 އިންސައްތަ ދޮގު ކަމަށެވެ.

"ޝަހުޒާން މިހަދަނީ ކަނޑައެޅިގެން ދޮގު. 15 މެއި 2026 ވަނަ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގެޅިގެން އެރޭ ރޭގަނޑު 19:35 ގައި ޝަހުޒާން އާއި ލީވާން، ދެމީހުން ޖަލުގައި ބަންދުކޮށްފައި ތިބި ގޮޅި ކަރެކްޝަނުގެ އޮފިސަރުން ވަދެ (އެމީހުންގެ ހާޒިރުގައި) ބަލާ ފާސްކުރިއިރު، އެ ގޮޅީގައި ހުރި ކަބަޑުތެރޭ ހުރި އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ވަނީ ފެނިފައި." އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މެއި މަހުގެ 15 ވަނަ ދުވަހު އާންމު ފަރާތަކުން ލިބުނު މަޢުލޫމާތަކާ ގުޅިގެން، އެ ރޭ 19:35 ހާއިރު ކަރެކްޝަންސްގެ އޮފިސަރުން ވަނީ އެ ދެ ނޫސްވެރިން ތިބި ގޮޅި ބަލައި ފާސްކޮށްފައެވެ. އެ ފާސްކުރުމުގެ ތެރެއިން، އެ މީހުންގެ ހާޒިރުގައި ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން، ޖަލުގައި އެހެން ގައިދީންނާ މެދުވެސް ޢަމަލުކުރާ އުސޫލުން، އެ ދެ މީހުން މޮނީޓަރު ކުރެވޭ ގޮތަށް ވަކި ދެ ގޮޅިއަކަށް ބަދަލުކުރި ކަމަށް އިޙްސާން ވިދާޅުވިއެވެ. އަދި އެއަށްފަހު ވަކި އިންޓަވަލްތަކެއްގައި އެ ގޮޅިތައް ބަލައި ފާސްކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ކަންކަމަކީ ވަކި ގައިދީ އަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގައި މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން. އަދި އަޅުގަނޑުގެ ވަޒީރުކަމުގައި ދުވަހަކުވެސް ޖަލުގައި މިފަދަ ކަންކަމާ އެއްވެސް މިންވަރަކަށް އިންސްޓްރަކްޝަން ދެއްވާފައެއް ނުވޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.