MTCC

އިނގިރޭސިވިލާތުން ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލައިފި

IMG_1275-768x432

އިނގިރޭސިވިލާތުން ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލައިފި

SHARE

އިނގިރޭސިވިލާތަށް ބޭރުކުރާ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން 2021 ވަނަ އަހަރުން ފެށިގެން ނަގަމުން އައި 20 އިންސައްތައިގެ ޓެރިފް، މިއަދުން ފެށިގެން އުވާލުމަށް ނިންމައިފި އެވެ.

މި ތާރީޚީ ނިންމުމަކީ ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވައި، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އާ ހަރުފަތަކަށް ދަތުރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ލުޔާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި ރާއްޖޭގެ ކަނޑުމަހަށް އޮތް ޑިމާންޑް އިތުރުވެ، މަސްވެރިންނަށް ލިބޭ އާމްދަނީއަށް އޭގެ ހެޔޮ އަސަރު ކުރާނެއެވެ. ޚާއްޞަކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި "ޕޯލް އެންޑް ލައިން" މަސްވެރިކަމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމަކަށް ވުމުން، މި ނިންމުމުގެ ސަބަބުން ދެމެހެއްޓެނިވި މަސްވެރިކަމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކާމިޔާބީގެ ފަހަތުގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތުގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތައް ބޮޑު ދައުރެއް އަދާކުރެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހު އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މަސްވެރިކަމުގެ ޓެރިފް ކަނޑާލުމާ ގުޅޭގޮތުން ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.

"މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ނަތީޖާ. މީގެ ސަބަބުން ވިޔަފާރީގެ ދާއިރާއިން ދެ ގައުމަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން މިއަދު ޢަމަލުކުރަން ފެށި މި ނިންމުމަކީ، އެއްވެސް ވިޔަފާރީގެ އެއްބަސްވުމެއް ނެތް ގައުމުތަކުގެ މައްޗަށް މީގެ ކުރިން އޮތް ޓެރިފްގެ ބުރަ ދިވެހި މަސްވެރިކަމުގެ ސިނާޢަތުން ނައްތާލި ނިންމުމެކެވެ. މީގެ ސަބަބުން ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި އަގެއްގައި މަސް ވިއްކުމުގެ މަގު މިވަނީ ތަނަވަސްވެފައެވެ.