MTCC

އެމްޑަބްލިޔުއެސްސީގެ ޗެއާމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

large_thumb_1779010480204-768x467

އެމްޑަބްލިޔުއެސްސީގެ ޗެއާމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

SHARE

މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙްމަދު، މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ޝަމްހޫޒާ އަޙްމަދު ވަނީ އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވެސް މިއަދުން ފެށިގެން ވަކިކުރެވިފައެވެ.

ޝަމްހޫޒާ މި މަޤާމުން ވަކިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މަސައްކަތްތަކުގެ ދުވެލި ހަލުވިކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. މި ސަރުކާރުން އަންނަނީ ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ބޯޑުތަކަށް ބޭނުންވާ ބަދަލުތައް ގެންނަމުންނެވެ.

ޝަމްހޫޒާ އަޙްމަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމުގެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ މަޤާމުން ވަކިކުރެއްވި ސީދާ ސަބަބެއް ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ބަދަލަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.

ކައުންސިލް އިންތިޚާބާ ގުޅިގެން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްމަގާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޙުސެއިން ފަހުމީ ވަނީ އައްޔަންކުރައްވާފައެވެ. މިއީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް މަތީން އިސްތިއުފާ ދެއްވުމާ ގުޅިގެން ގެނައި ބަދަލެކެވެ. މީގެ އިތުރުން، މިދިޔަ މަހުގެ ތެރޭގައި މިފްކޯ އާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.