MTCC

އެސްޓީއޯއިން "ފިނި ފިނި" ހިޓާޗީ ޕްރޮމޯޝަން ފަށައިފި

00bc6d0c-0be2-4510-a19c-f3f341ac105f-768x614

އެސްޓީއޯއިން "ފިނި ފިނި" ހިޓާޗީ ޕްރޮމޯޝަން ފަށައިފި

SHARE

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން ހިޓާޗީ ބްރޭންޑުގެ އެއަރ ކޮންޑިޝަނަރުތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "ފިނި ފިނި ޕްރޮމޯ 2026″ މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ރާއްޖޭގެ ހޫނު މޫސުމާ ދިމާކޮށް، ކަސްޓަމަރުންނަށް ހެޔޮ އަގުގައި ކޮލިޓީ އޭސީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެސްޓީއޯއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، ހިޓާޗީ ބްރޭންޑުގެ އޭސީތައް ވަރަށް ޚާއްޞަ އަގުތަކެއްގައި ލިބިގެންދާނެއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ 1,000 ރުފިޔާގެ ވިޔަފާރިއަކަށް، ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކޫޕަނެއް ލިބޭނެއެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހުށަހެޅިފައިވަނީ 40,000 ރުފިޔާގެ އަގުހުރި ހިޓާޗީ ބްރޭންޑުގެ "ހޯމް އެޕްލަޔަންސް ޕެކޭޖް" އެކެވެ. މިއީ ގޭތެރެއަށް ބޭނުންވާ ތަފާތު ސާމާނު ހިމެނޭހެން ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ޕެކޭޖެކެވެ.

ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ، އިތުބާރު ހުރި ކޮލިޓީ ބްރޭންޑެކެވެ. ވަކިން ޚާއްޞަކޮށް، ހިޓާޗީ އޭސީއަކީ ރާއްޖޭގެ ގިނަ ގޭބިސީތަކާއި އޮފީސްތަކުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ޕްރޮޑަކްޓެވެ.

މި ޕްރޮމޯޝަން މާލެ އާއި ހުޅުމާލޭގެ އިތުރުން، އަތޮޅުތެރޭގައި ހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައި ވެސް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެހެންކަމުން، ރާއްޖޭގެ އެކި ކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މި ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.