MTCC

ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކަށް ބޯލެނބުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

398763_373b107e-b_-scaled

ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކަށް ބޯލެނބުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

SHARE

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށާއި، އަދި ހަރުދަނާ ޑިމޮކްރެސީއެއްގެ އުސޫލުތައް ނެގެހެއްޓުމުގައި މިނިވަން ނޫސްވެރިކަން އަދާކުރާ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙާއްމަދު ފާހަގަކުރައްވައިފިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ،މިއަދަކީ ނޫސްވެރިކަމުގެ ދާއިރާއާއި މިނިވަން ނޫސްވެރިންގެ މަސައްކަތުގެ އަޚުލާޤީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނައި، އެ ކަންކަން މުރާޖަޢާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި ތެދު މަޢުލޫމާތު ހޯދުމާއި، ޚަބަރު ފެތުރުމުގައި ސައްޙަކަން ކަށަވަރުކުރުމާއި، އަދި ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު މަސައްކަތްކުރުން ފަދަ ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކަށް ބޯލަނބާ، ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ މާހައުލެއް ބިނާކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު އިތުރަށް ވިދާޅުވީ، މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި ރައްޔިތުންގެ އަޑު އިއްވައިދިނުމަށް ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވާ ހުރިހާ ނޫސްވެރިންނަށް ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.