MTCC

ސިޔާސީ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ހިންގުމަށް ދެ ޕާޓީއަަކަށް އިލްތިމާސްކޮށްފި

HGsDMsBbUAEzU-0

ސިޔާސީ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ހިންގުމަށް ދެ ޕާޓީއަަކަށް އިލްތިމާސްކޮށްފި

SHARE

ސިޔާސީ ޕާޓީތަކުން ހިންގާ އެކި ހަރަކާތްތަކަކީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ހަރަކާތްތަކަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ދެ ޕާޓީއަކަށް އިލްތިމާސްކޮށްފިއެވެ.

ގާނޫނީ އިމުގެ ތެރެއިން ހިންގުމަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެންގި ދެ ޕާޓީ:
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)

އިލެކްޝަންސް ކޮމިޝަނުން މި ދެ ޕާޓީއަށް ވަކިވަކިން ފޮނުވި ސިޓީތަކުގައި ބުނެފައިވަނީ، ފަހަކަށް އައިސް ބާއްވަމުންދާ ސިޔާސީ ޖަލްސާތަކާއި އެއްވުންތަކުގައި ބައެއް ފަރާތްތަކުން ބޭނުންކުރާ ބަސްމަގު ހުރީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި ނަފުރަތާއި ބައިބައިވުން އުފެދޭ ކަމުގެ ޝަކޫވާތައް ލިބެމުންދާ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

އީސީއިން ބުނީ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް  އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ ސިލްސިލާ އެއްވުންތަކުގައި، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބަސްމަގު ބޭނުންކުރަމުންދާ ކަމުގެ ޝަކޫވާތައް ވަނީ އިތުރުވެފައެވެ.