MTCC

މާލޭގައި 500 ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

large_177711053356bgU

މާލޭގައި 500 ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

SHARE

ލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްޤީކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ޗައިނާއާއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 21 އިން 22 އަށް ބޭޖިންގްގައި ކުރިއަށްދިޔަ "ތާރޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއަރޑް ޑިވެލޮޕްމަންޓް" މަހާސިންތާގެ ހަވާސާގަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ، މި މަޝްރޫޢަށް ފައިސާ ހަމަޖައްސަނީ ޗައިނާ ސަރުކާރުން ދޭ އިންޓްރެސްޓް ނުނަގާ ފެސިލިޓީއެއްްގެ ދަށުން ކަަމަށް ހައުސިން މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތޯޢާމް މުޙައްމަދެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ  ވައިސް ޗެއަރމަން ލިއު ޖުންފެންގް އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މި މަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.