ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ، ބޮޑު މައުރަޒު ކަމަށްވާ "ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 21 އިން 23 އަށް ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މި ފެއަގައި މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕރޭޝަނާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ކުންފުނިތައް ބައިވެރިވިއެވެ. އޭގެތެރޭގައި ހޮރައިޒަން ފިޝަރީޒް އެންސިސް: (ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް ހިމެނެއެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިންގ އިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ، ބޮޑު މި މައުރަޒަކީ، "ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ، އަދި ދިވެހި އެކްސްޕޯޓަރުންނަށް، ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި، މަސް ގަނެ ވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ، މި މައުރަޒުގެ ތެރެއިން ފްރޮމް މޯލްޑިވްސް "ޓު ދަ ވޯލްޑް" ގެ ނަމުގައި ދިވެހިރާއްޖެއިން ވަނީ ޚާއްޞަ ޕެނަލް ޑިސްކަޝާންއެއް ބާއްވާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން ، މި ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިއާމް އާއި މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް- ސްޓޭކްހޯލްޑަރ- އެންގޭޖްމަންޓް. ޑައިރެކްޓަރ ޖޯޝް މަ މަޑެއިރާގެ އިތުރުން މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވި ކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޖެނިވި އުސޫލުތަކުގެ. ސަބަބުން، މަސްވެރިކަމުގެ ސިޔާއަތަށް ލިބޭނެ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކީ ކުރާ މަސްވެރިކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް، މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ރޭޓިންތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި ވަނީ މަޝްވަރާކޮށްފައެވެ.
އެ ބަޔާނުގައި ބުނީ، އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ- އެކުއޭރިއަމްގެ. ސީފުޑް" "ވޮޗް ޕްރޮގްރާމުން، އެންމެ، ފަހުން މިއަހަރުގެ އޭޕްރިލްމަހު އާންމުކުރި މިންގަނޑުގައި، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންއެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. ވެ މިއީ ސީފުޑް. ވޮޗް ގެ ތާރީޚުގައި ވެސް ވަކި ގައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް، ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރު ކަން ފާހަަގަކޮށްފައެވެ.
މި ހަރަކާތުގައި ވާހަކަފުޅު، ދައްކަވަމުން، ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި، ދޮށީގެ: މަސްވެރިކަން ދެމެހެއްޓުމުގައި ލިބުނު ކާމިޔާބީގެ އަސާސަކީ ދިވެހިންގެ ސަގާފަތާއި ހަރުދަނާ ސިޔާސަތުތައް ކަމަށެވެ. ރާއްޖޭގެ ދެމެހެއްޓެނިވިގޮތަށް ކުރާ މަސްވެރިކަން ފާހަގަކުރައްވައި، ތިމާވެށްޓަށް ގެއްލުންދެނިވި މަސްވެރިކަމުގެ އުސޫލުތަކާ ގުޅިގެން މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާއި، މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ ނިޒާމުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިންގ އިން ބުނީ، މިއީ ދިވެހިރާއްޖެއާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށެވެ. އަދި، އިންޑިއަން އޯޝަން ޖޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމިޓީއިން: 2016 ވަނަ – އަހަރު ހެދި ސްޓޮކް- އެސެސްމެންޓުން، އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ އާބާދީ ހީނަރުވެފައިވާ ކަމަށް ދެއްކުމާ ގުޅިގެން، މި ސްޓޮކުން ބާނާ އެއްވެސް މަހެއް ގަތުމަކީ ތިމާވެއްޓާ ބީރައްޓެހި ކަމެއްގެ ގޮތުގައި ފާހަގަކުރި ކަމަށް ބަޔާނުގައި ބުނެއެވެ. އެ ވިޔަފާރީގައި ބައިވެރި ނުވުމަށް 2017 "ވަނަ އަހަރު. ސީފުޑް" ވޮޗް" ޕްރޮގްރާމުން: ނެރުނު މިންގަނޑުގައި އިރުޝާދު ދިން ކަމަށް ވެސް، މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިންގ އިން ބުނެފައިވެއެވެ.
އިރުޝާދުތަކުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޖެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އިންޑިއާ، ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި މި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި، އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ ބެސްޓް ޗޮއިސް ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓް ކުރެވިފައވާ ކަން
މޯލްޑިވްސް ފިޝަރީޒް އެންޑް، އޯޝަން ރިސޯސަސް މާކެޓިންގ އިން ފާހަގަކުރެއެވެ.
މި މައުރަޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށް ބާއްވާ އެންމެ މުހިންމު އެއް ހަރަކާތެވެ.