MTCC

"އައިޝާ" ޑޮކިއުމަންޓްރީ އަކީ ދޮގެއް، ދޮގު ވާހަކަ ދެއްކި އެންމެނަށް ދައުވާކުރާނަން: ރައީސް

458351_884f028d-a_

"އައިޝާ" ޑޮކިއުމަންޓްރީ އަކީ ދޮގެއް، ދޮގު ވާހަކަ ދެއްކި އެންމެނަށް ދައުވާކުރާނަން: ރައީސް

SHARE

"އައިޝާ" ޑޮކިއުމެންޓްރީ އަކީ ދެގޮއް ކަމަށާއި މި ޑޮކިއުމެންޓްރީގައި ދޮގު ވާހަކަ ދެއްކި އެންމެނަށް ދައުވާ ކުރާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަދަދު" ނޫހުގެ ނޫސްވެރިޔާ ވަނީ "އައިޝާ" ޑޮކިއުމެންޓްރީގައި ފެންނަ އަންހެން މީހާ ދައްކާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި ރައީސް ވިދާޅުވީ މިވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކަށް ދައުވާކޮށްދޭން ކަމާ ގުޅުންހުރި ފަރާތްތަކުގައި އެދިވަޑައިގެންނެވި އެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައެއް އިނގޭތޯ. 'އަދަދު' ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން." ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހު "އަދަދު" ނޫހުން ވަނީ "އައިޝާ" ގެ ނަމުގައި ރައީސް މުއިއްޒުއާ ގުޅުވައި ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. މި ޑޮކިއުމެންޓްރީގައި ވަނީ ކާކުކަން ނޭންގޭ ގޮތަށް އަންހެންމީހެއް އޭނާ އާއި ރައީސްއާ ގުޅޭ އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ.