MTCC

ހޫނު މޫސުމާ ދިމާކޮށް، އެޑެލްވައިސް އެއާގެ ދަތުރުތައް އިތުރުކުރަނީ

1d4dda_b2f501c0e68a45a7a19bb1b206ca583d~mv2

ހޫނު މޫސުމާ ދިމާކޮށް، އެޑެލްވައިސް އެއާގެ ދަތުރުތައް އިތުރުކުރަނީ

SHARE

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ، މިހާރުވެސް ރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް، މިއަހަރުގެ ޖުލައި 4 އިން 13 ސެޕްޓެމްބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއް ބުދަ އަދި ހޮނިހިރު ދުވަހުގައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ މި ނިންމުމާއެކު، ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް އިތުރު 21 ދަތުުރުކުރާނެ ކަމަށެވެ. އެޑެލްވައިސް  އެއާއަކީ ސްވިޒަލެންޑްގެ ތިންވަނަ އަށް އެންމެ ބޮޑު އެއާލައިނެވެ، އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2000 ވަނަ އަހަރުގައެވެ.