MTCC

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފި

IMG_2958-1024x585

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފި

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 2 ގެ ކަފިހި ހުރަހުގެ ފުރާޅު މަސައްކަތް ކުރުމަށްޓަކައި ވަގުތީގޮތުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެގޮތުން، މާދަމާ ދަންވަރު 00:00 އިން ފެށިގެން ފަތިހު 05:00 އާ ހަމައަށް އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ގެނެވޭ ބަދަލުތައް:

ޓެކްސީ:

  • ޓެކްސީ: ފަސިންޖަރުން ބާލަން އަންނަ ޓެކްސީތައް ފަސިންޖަރުން ބާލަންވާނީ އާ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 1) ގެ ޑިޕާޗާ ގޭޓް 1 އަދި 2 އަށެވެ. އަދި ފަސިންޖަރުން ބަލާ އަންނަ ޓެކްސީތައް މަޑުކުރާނީ ޓާމިނަލް 2 ގެ ޓެކްސީ ކިއުގައެވެ.
  • އެމް.ޓީ.ސީ.ސީ ބަސް: އެމް.ޓީ.ސީ.ސީ ބަސްތައް ފަސިންޖަރުން ބޭލުމަށްޓަކައި މަޑުކުރާނީ ހާއްސަކޮށްފައިވާ ބަސް ލޭންގައެވެ. ފަސިންޖަރުން ބަހަށް އަރުވާނީ މިހާރުވެސް ބަސް މަޑުކުރާ ސަރަހައްދުގައެވެ.
  • އެމްއޭސީއެލްގެ އިންޓަރނަލް ބަސް: އިންޓަރނަލް ބަސް ރޫޓް ގެ ދަތުރުތައް ނިންމަލާނީ ޓާރމިނަލް 1 ގެ ޑިޕާރޗާ ގޭޓަށެވެ. އަދި ވޯޓަރ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް ރޫޓް 2 ފަށާނީ ޓަރމިނިަލް 22 ކުރިމަތީ ބުރު ކައިރިންނެވެ.

މި ބަދަލާއިއެކު އެއަރޕޯޓުގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެއަރޕޯޓްއިން ވަނީ ދީފައެވެ. ބަސް ރޫޓް ބަދަލުވާނީވެސް ހަމައެކަނި މަސައްކަތް ކުރާ ގަޑިކަމަށްވާ، ދަމްވަރު 00:00 އިން 05:00 އަށް ކަމަށް އެ އެއަރޕޯޓު އިން ވަނީ މައުލޫމާތު ދީފައެވެ.

ހުރިހާ ފަރާތްތަކުންވެސް މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެެވެ.އެމްއޭސީއެލް އިން ބުނީ މި ބަދަލުތަކަކީ އެއާޕޯޓުގެ ޚިދުމަތްތައް ހަރުދަނާކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ގެނެވުނު ބަދަލުތަކެއް ކަމަށެވެ. އަދި އެއާޕޯޓަށް ދާ އުޅަނދުތަކުން ޓްރެފިކް ނިޝާންތަކަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.