މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ،ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހަރު ހަމަޖެހިފައިވާ ކަމަށެވެ. ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ރަށްތައް:
ހއ އިހަވަންދޫ
ހދ ހަނިމާދޫ
ށ މިލަންދޫ
ބ އޭދަފުށި
ފ ނިލަންދޫ
ކ ހިންމަފުށި
ތ ދުވާފަރު
ދ ކުޑަހުވަދޫ
ޅ ފެލިވަރު
ގއ ކޫއްޑޫ
ފުވައްމުލަކު
ހުޅުމީދޫ
ހުޅުމާލެ ޖެޓީ
ސަރުކާރުގެ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް މަސްވެރިންނަށް ވިއްކާ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރެއެވެ.މި ސަބްސިޑީ މިހާރު ވަނީ ކަންނެލި މަސްވެރިންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.ރާއްޖޭގެ އެކި ސަރަހައްދުތަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެސް.ޓީ.އޯ ދުވެރިކޮށް ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިއުލް ސްކިޑް ހުޅުވާފައިވަނީ ރ ދުވާފަރުގައެވެ.