MTCC

ގާނޫނުއަސާސީއަށް އިތުރު އިސްލާހު ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

459368_49d6ae5a-c_

ގާނޫނުއަސާސީއަށް އިތުރު އިސްލާހު ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

SHARE

ކުރިއަށް އޮތް ތަނުގައި ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކޮށް ބަދަލުކުރުމަކީ ރައްޔިތުން އެހާ ރުހޭ ގޮތެއް ނޫންކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ،ގާނޫތައް ބަދަލުކޮށްގެން ގެނެވެންހުރި މުހިއްމު ބޮޑެތި އިސްލާހުތައް ގެނައުމަށް ކުރާ މަސައްކަތްޕުޅަށް ބަދަލު ނާންނަ ކަމަށެވެ.

ރައީސް ވިދާޅުވީ،  ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ބޮޑެތި އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.އެގޮތުން މަޖިލީހުގެ މެންބަރުން އިތުރުނުވާނެހެން މެންބަރުންގެ އަދަދު ހިފަހެއްޓުމާއި ޖުޑީޝަރީގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށުން ސަލާމަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖުޑީޝަލް ކައުންސިލް  ޖޭއެސްސީގެ ދަށުގައޮ އޮތުމުން އިދާރީ ހިންގުމަށް  ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވާނޭ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން މިވަނީ ވަރަށް ބޮޑު މެސެޖެއް ދެއްވާފައި. އެއީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ނުވަތަ ފޭވާކުރާ ކަމެއް ނޫންކަން."

ތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލަކަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖަވާބުދާރީވާ ގޮތަށް ހަމަޖެއްސުމަކީ ގެންނަންޖެހޭ ބަދަލުތަކެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި  ބޭއްވުމަށް ގެނައި އިސްލާހެކެވެ. މިއާއެކު ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއް ވަނަ ދުވަހުގައެވެ. އެ އިސްލާހު ތަސްދީގު ކުރުމަށް ލޯކަލް ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ރައްޔިތުންގެ 69 އިންސައްތަ ވަނީ އެ އިސްލާހު ތަސްދީގުކުރުމަށް ނޫނެކޭ ބުނެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނޭ ކަމަށާއި، ސަރުކާރުން އަމަލުކުރާނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަމަށެވެ.