MTCC

ނަޝީދަަށް ދިން ހަމަލާ: ތަހުގީގު އަވަސްކުރަން އަންގައިފި

301467_4_167f9462c75ea5a557913718ed7cb84e1e230a29_large-1024x660

ނަޝީދަަށް ދިން ހަމަލާ: ތަހުގީގު އަވަސްކުރަން އަންގައިފި

SHARE

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައްސަަލައިގެ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިން ފުލުހުންނަށް އަންގައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަކީ 6 މޭ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 8:27 މާލޭގައި ބަޔަކު ރާވައިގެން ދިން ހަމަލާއެކެވެ. ހަމަލާ ދީފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، އެތަނުގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީ އެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ.

މި މައްސަލާގައި ޖުމްލަ 8 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. މީގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި ރޭވުމުގައި ބައިވެރިވި މީހުން ހިމެނެއެވެ.މަލާ ދިނުމުގައި އިސްކޮށް އުޅުނު އަދުހަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ. މީގެ އިތުރުން ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދިން ކަމުގެ ދައުވާގައި އަބްދުﷲ އަލީ މަނިކަށް 5 އަހަރުގެ ޖަލު ހުކުމެއް  ވަނީ އިއްވާފައެވެ.

މި ހަމަލާ ރޭވުމާއި ފަންޑުކުރުމުގައި އިތުރު ބަޔަކު ހިމެނޭކަމަށް ބެލެވޭތީ، މައްސަލައިގެ ތަހުގީގު ފުޅާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ދާދި ފަހުން ފުލުހުންނަށް އަންގާފައެވެ.

"ރައީސް ނަޝީދަށް ދިން ހަމަލާގައި އެއަށް ފަންޑުކުރުމުގެ ބައި، މާނައަކީ ޓެރަރިޒަމް މި އަމަލަށް ފައިނޭންސް ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް، ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުމަށް އަޅުގަނޑު މެން ވާނީ 8 އޭޕްރީލްގައި ފުލުހުންނަށް ލަފާ ދީފައި."

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މީހުން:
1. އަދުހަމް ރަޝީދު (ވީއޭ، ގއ. ނިލަންދޫ)
(މިއީ ސައިކަލުގައި ހަރުކޮށްފައި ހުރި ބޮން ގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި މީހާ)
  • ދައުވާ: ޓެރަރިޒަމްގެ އަމަލެއް ކުރުން – އޭނާ ކުށަށް އިއުތިރާފުވުމުން 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
2. ތަހުމީން އަހުމަދު (ފޮޅޭމާ، ގއ. ކޮަނަންޑޫ)
(ބޮން ހަރުކުރި ސައިކަލުގެ ވެރިފަރާތް)
  • ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން.
3. މުޖާޒް އަހުމަދު (މ. އަލަނާސިގެ، މާލެ)
  • ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން އަދި ކުށްވެރިއަކު ފޮރުވުމަށް އެހީތެރިވުން.
4. އަލީ ހައިޝަމް (ނޫރީގެ، ނ. މަނަދޫ)
(ބޮން ހަރުކުރި ސައިކަލުގައި އައިއީޑީ (IED) ހަރުކުރުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއް)
  • ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، އަދި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުން.
5. އިސްހާގު (މ. ކުދެހިގެ، މާލެ)
(ހަމަލާ ރޭވުމާއި، ހަމަލާ ދިނުމަށް ތައްޔާރުވުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ބެލެވޭ މީހެއް)
  • ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުން.
6. އަބްދުﷲ އަލީ މަނިކު (ބަހާރުގެ، ހއ. މޮޅަދޫ)
  • ދައުވާ: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން- އޭނާގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މީގެ އިތުރުން ފަހުމީ އަލީ އާއި މުހައްމަދު ނާޒިމްގެ މައްޗަށް ވެސް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވެއެވެ. މި މީހުންގެ ތެރެއިން އަދުހަމް ރަޝީދާއި އަބްދުﷲ އަލީ މަނިކު ފިޔަވައި އެހެން މީހުންގެ ޝަރީއަތްތައް އަދިވެސް ކޯޓުގައި ދަނީ ކުރިއަށެވެ.

މި މައްސަލައަކީ ދައުލަތުން ވަރަށް ބޮޑު އިސްކަމެއްދޭ މައްސަލައަކަށް ވާތީ، ޝަރީއަތުގެ މަރުހަލާގައި ހުރި ހުރަސްތައް ނައްތާލުމަށް ޕީޖީ އޮފީހުން ކޯޓާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.